ޔުނިސެފްއާއި މިނިސްޓްރީ ގުޅިގެން އެޗްއޭސީޓީ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

24 އޭޕްރީލު 2025

ޔުނިސެފްއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން، ހާމަނައިޒްޑް އެޕްރޯޗް ޓު ކޭޝް ޓްރާންސްފަރސް (އެޗްއޭސީޓީ) އާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ. 


މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޔުނިސެފްގެ ހިލޭ އެހީ ބެލެހެއްޓުމުގެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކާއި އެޗްއޭސީޓީ ސިގްނޭޓަރީ ފަރާތްތަކުގެ މެދުގައި އެޗްއޭސީޓީ އުސޫލުތައް ދެނެގަތުމާއި ތަންފީޒުކުރުމުގެ ޤާބިލުކަން އިތުރުކުރުމެވެ.


ޕްރޮގްރާމުގެ ފެށުމުގައި ޔުނިސެފްގެ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް މިސްޓަރ އިސީ ފައިންގޯލްޑް ވާހަކަފުޅު ދެއްކެވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު، ޑރ. ޢަބްދުއްލަޠީފް، އަދި ޑރ. ޢާއިޝަތު ވަދީފާއެވެ.


މި ތަމްރީނު ޕްރޮގްރާމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކި ޑިޕާޑިޕާޓްމަންޓްތަކުން ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓް (އެސްޓީޖީ) އަދި ސިސްޓަމް ކެޕޭސިޓީ ގްރާންޓް (އެސްސީޖީ) ތަންފީޒުކުރުމުގައި ސީދާ އަދި ނުސީދާކޮށް ޝާމިލުވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.