ދަރިވަރުން
2179 +މުދައްރިސުން
147 +އިދާރީ މުވައްޒަފުން
ޝަހީދު ޢަލީ ސްކޫލު ނިސްބަތްވަނީ ދިވެހި ތާރީޚުގައި މަޝްހޫރު އައްޞުލްތާނު ޢަލީ (6 ވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން ނުވަތަ ޝަހީދު ޢަލީ ރަސްގެފާނަށެވެ. ޢަލީ ރަސްގެފާނަކީ ދިވެހި ޤައުމާއި، ދިވެހިންގެ ދީނާއި، ދިވެހިންގެ މިނިވަންކަމަށް ޓަކައި، ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި، ފުރާނައިން ޤުރުބާންވެ ވަޑައިގެންނެވި، ހިތްވަރުގަދަ ޤައުމީ ބަޠަލެކެވެ. ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.
މި ސްކޫލަކީ 25 ޑިސެންބަރު 2023 ގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބިންގާ އަޅުއްވައި ދެއްވައި 27 ޖަނަވަރީ 2026 ގައި ރަސްމީކޮށް ހުޅުވައިދެއްވާފައިވާ ސްކޫލެކެވެ.
އައު ކަންކަން އުނގެނޭން ޝައުޤުވެރި ދަރިވަރުންނާއި އިސްނެގުންތެރި ޤާބިލު އިސްވާރުން ބިނާކުރާ މުޖުތަމަޢަކަށް ވުން.
ޝަހީދު ޢަލީ އިސްކޫލުގައި އަޅުގަނޑުމެން އުނގެނެނީ ސާފު މަގުސަދަކާ އެކު، ހިތްވަރުން ކަންކަންކޮށް، ހަރުދަނާ ޝަޚުޞިއްޔަތެއް ބިނާކުޅައުމާއެކު، އަޅުގަނޑުމެންގެ މުޖުތަމަޢަށް ކޮންމެ ދުވަހަކު ވެސް ޚިދުމަތްކުޅައުމުގައެވެ.