"މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމުގެ ރަސްމިއްޔާތުގެ ދެވަނަ ދަންފަޅި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޡަނީ ޚިދުމަތްތަކާއި ބެހޭ ވަޒީރު، އަލްފާޟިލް ޙަސަން ރަޝީދެވެ.
މި ދަންފަޅީގައި އިނާމު ޙަވާލުކޮށްފައިވަނީ ޘާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 އެއްގެ 6 ވަނަ، 7 ވަނަ އަދި 8 ވަނަ ހޯދި 225 ދަރިވަރުންނަށެވެ.
ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ރަސްމިއްޔާތު މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި މި ރަސްމިއްޔާތުގައި ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާތައް ހޯދި 1400 އެއްހާ ދަރިވަރުންނަށް އިނާމު ޙަވާލުކުރާނެއެވެ.