"މަތީ އަރުތަވެރިގެ އިނާމު 2025" ގެ ހަތަރުވަނަ ދަންފަޅި ބާއްވައިފި

12 ޖުލައި 2026

2024 އާއި 2025 ވަނަ އަހަރުގެ ޡާނަވީ އަދި މަތީ ޡާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް 'މަތީ އަރުތަވެރިންގެ އިނާމު 2025' ދިނުމަށް ބާއްވާ ރަސްމިއްޔާތުގެ ހަތަރުވަނަ ދަންފަޅި ބާއްވައިފިއެވެ.

ފަސް ދަންފަޅިއަކަށް ބަހާލައިގެން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން-ހުޅުމާލޭގައި ކުރިއަށްގެންދާ މި ރަސްމިއްޔާތުގައި، 1،410 ދަރިވަރުން އިނާމު ޙާޞިލުކުރާނެއެވެ.

މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގެ ހަތަރުވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދް ޝަޢުޤީއެވެ. މި ދަންފަޅީގައި އިނާމު ޙަވާލުކުރައްވައިފައިވަނީ 2025 ވަނަ އަހަރުގެ ޡާނަވީ އިމްތިހާނުތަކުން 2 ވަނަ، 3 ވަނަ، 4 ވަނަ އަދި 5 ވަނަ ހާޞިލުކުރި ދަރިވަރުންނަށެވެ.

މި ރަސްމިއްޔާތުގެ އެންމެ ފަހު ދަންފަޅި ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. އަދި މި ދަންފަޅި ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.