މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީއު އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން (އީ.ޕީ.ޑީ.ޕީ.އީ.އައި) ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ.
މި ޕްރޮޖެކްޓަކީ ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ)ގެ ދަށުން ކުރިއަަށްގެންދާ ޕްރޮޖެކްޓެކެވެ. ޑިޕާޓްމަންޓް އޮފް އިންކްލޫސިލް އެޑިޔުކޭޝަންގެ ފަރާތުން އިންވެ ހިންގާ މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ އިންކްލޫސިޕް ޕެޑަގޮޖީ ނުވަތަ ހުރިހާ ދަރިވަރުންނަށް ޝާމިލު ތަޢުލީމެއް ފޯރުކޮށްދިނުމުގެ އުޞޫލުތަކަށް މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިން އަހުލުވެރިކުރުވުމެވެ.
އީ.ޕީ.ޑީ.ޕީ.އީ.އައި ޕްރޮޖެކްޓްގެ ދަށުން، މިހާތަނަށް 7 އީ-ލަރނިންގ މޮޑިއުލް ފަރުމާ ކުރެވިފައިވާއިރު، މި ހުރިހާ މޮޑިއުލްތަކެއް ވަނީ އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލްތަކަށް ހުޅުވާލެވިފައިފައެވެ.
ޕްރޮޖެކްޓްގެ ދަށުގައި ހިމެނޭ މޮޑިއުލްތައް:
1. ޔުނިވާސަލް ޑިޒައިން ފޮރ ލާނިންގ
2. ޑިފެރެންޝިއޭޓެޑް އިންސްޓްރަކްޝަންސް
3. އެސިސްޓިވް ޓެކްނޮލޮޖީ
4. ޓީޗިންގ ސްޓްރެޓްޖީސް ފޯ އޯޓީޒަމް ސްޕެކްޓަރަމް ޑިސްއޯޑަރ
5. މެނޭޖިންގ ޗެލެންޖިންގ ބިހޭވިޔަރ ފޯ ސްޓޫޑަންޓްސް ވިތް އޭ.ޑީ.އެޗް.ޑީ އެންޑް އޭ.އެސް.ޑީ
6. އަރލީ އައިޑެންޓީފިކޭޝަން އެންޑް އިންޓަރވެންޝަން
7. ޑިޒައިން ތިންކިންގ
އީ.ޕީ.ޑީ.ޕީ.އީ.އައި ޕްރޮގްރާމްގެ 7 އީ-ލަރނިންގ މޮޑިއުލް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބޭފުޅުންނަށް އެދުރު ޕޯޓަލް މެދުވެރިކޮށް އިންކްލޫސިވް އެޑިޔުކޭޓަރ ސެޓްފިކެޓް ލިބިގެންދާނެއެވެ.
"އެޑިއުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން (އީ.ޕީ.ޑީ.ޕީ.އީ.އައި)" ގެ ޕައިލަޓް މަރުހަލާ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވުނު 10 ސްކޫލެއްގެ 34 ބޭފުޅުން ވަނީ ކާމިޔާބުކަމާއެކީ ފުރިހަމަކޮށްފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި، މި ޕްރޮޖެކްޓް ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.