61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފޮޓޯ އާއި ކުރެހުމުގެ މައުރަޒު މިނިސްޓަރ އިފުތިތާހުކޮށްދެއްވައިފި

03 އޯގަސްޓު 2026

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދެވުނު މުބާރާތުގެ ކުރެހުންތަކާއި ފޮޓޯތައް ދައްކާލުމަށް ބާއްވާ މައުރަޒު، މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީއު އިފުތިތާހުކޮށްދެއްވައިފިއެވެ. 

މި މައުރަޒު އިފްތިތާޙްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ފޮޓޯގްރަފީ އަދި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް، ވަނަތައް ހާޞިލުކުރެއްވި ފަރާތްތަކަށް އިނާމު ޙަވާލުކުރުން ކުރިއަށް ދިޔައެވެ.

މި ރަސްމިއްޔާތުގައި، ކުރެހުމުގެ މުބާރާތާއި ފޮޓޯގްރާފީ މުބާރާތުން 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހާޞިލުކުރެއްވި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއެވެ. 

ނޭޝަނަލް އާޓްސް ގެލެރީގައި ކުރިއަށްދާ މި މައުރަޒަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައުރަޒެކެވެ.