2025 ވަނަ އަހަރުގެ އެޑެކްސެލް އަދި އެޗް.އެސް.ސީ އިމްތިޙާނުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

16 ޖޫން 2025
...

2025 ވަނަ އަހަރުގެ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުތަކުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 ޖޫން 10 ވާ އަންގާރަ ދުވަހުން ފެށިގެން 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ކައުންޓަރުން (ޢިއްޒުއްދީން ބިލްޑިންގ) އަދި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް [email protected] އަށް މެއިލް ކުރެވޭނެއެވެ.