ޗައިނާ އިން ދިވެހިރާއްޖެ އަށް އަލަށް ޢައްޔަންކުރެއްވި ސަފީރު، އެކްސެލެންސީ ކޮންގ ޝިއަންހުއާ، އެޑިޔުކޭޝަން މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޗައިނާގެ ސަފީރާއެކު މިނިސްޓަރ މަޝްވަރާކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވެދެއްވާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާރައްވާފައެވެ.