ޕޮލިޓެކްނިކާއި ޗައިނާގެ ގުއަންޗީ ކޮލެޖާއި ގުޅިގެން ތަމްރީނު ޕްރޮގްރާމްއެއް އިފްތިތާޙްކޮށްފި

28 އޮކްޓޯބަރު 2026
...

މޯލްޑިވްސް ޕޮލިޓެކްނިކް  އަދި ޗައިނާގެ ގުއަންޗީ ކޮލެޖް އިބް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ގުއަންޗީ ކޮލެޖްގެ ތަމްރީނު ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ.

މި ތަމްރީނު ޕްރޮގްރާމް އިފްތިތާޙްކުރުމަށް ޕޮލިޓެކްނިކްގެ ކޮންފެރެންސް ރޫމްގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދެވެ. 

މި ޓްރެއިނިންގ ޕްރޮގްރާމްގެ ތެރޭގައި ޗައިނީސް އެގްރިކަލްޗަރަލް ޓެކްނޮލޮޖީ, ސްމާޓް ފްރުޓް އެންޑް ވެޖިޓަބަލް ކަލްޓިވޭޝަން އެންޑެ ޕްލާންޓް ފެކްޓަރީސް އަދި ހޯޓިކަލްޗަރ އިންޑަސްޓްރީ ޑިވެލޮޕްމަންޓް ހިމެނެއެވެ. 

މި ޕްރޮފްރާމް ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމެވެ. މީގެ އިތުރުން، މި ޕްރޮގްރާމް މެދުވެރިކޮށް، ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާ އިން ދިވެހިރާއްޖޭގެ ޒުވާނުންނަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުވެ، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަގުފަހިވެގެންދާނެއެވެ.