ރ. އަތޮޅުގެ ދެ ސްކޫލެއްގައި އިންކްލޫސިވް އެޑިޔުކޭޝަން ސްކޫލް ސަޕޯޓް ޕްރޮގްރާމް ކުރިއަށްގެންގޮސްފިއެވެ. މި މަހުގެ 12 އަދި 13 ވަނަ ދުވަހު ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޑރ.އާއިޝަތު ވަދީފާއެވެ.
ރ. އަތޮޅު ސްކޫލާއި ރ. ދުވާފަރު ސްކޫލުގައި ހިންގުނު މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މުދައްރިސުންނާއި ބެލެނިވެރިން އިންކްލޫސިވް އެޑިޔުކޭޝަން ޕޮލިސީއަށް އަހުލުވެރިކުރުވުމެވެ.
މި ޕްރޮގްރާމްގައި މުދައްރިސުންނަށް ޚާއްޞަކޮށްގެން އިންކްލޫސިވް އެޑިޔުކޭޝަން ޕޮލިސީއާ ގުޅޭ ތަފާތު ސެޝަންތަކެއް ކުރިއަށް ގެންދެވުނެވެ. އަދި ހަމައެއާއެކު، ބެލެނިވެރިންނަށް އަމާޒުކޮށްގެން އިންކްލޫސިވް އެޑިޔުކޭޝަނާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއްވެސް ބޭއްވުނެވެ.