މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާއިލް ޝަފީޢު އަދި ސްޓޭޓް މިނިސްޓަރ އަޙްމަދު މުޙައްމަދު މިއަދު ޔުނިވާސަލް ފައުންޑޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އެޑިޔުކޭޝަން މިނިސްޓްރީގައެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެފަރާތުން ގުޅިގެން ހިންގޭނެ ޕްރޮގްރާމްތަކާއި މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.