"ޓްރާންސްފޮރމޭޓިވް ސްކޫލް ލީޑަރޝިޕް އެންޑް ޕެޑަގޮޖިކަލް އިނޮވޭޝަން"ގެ ނަމުގައި ލީޑިންގ ޓީޗަރުންނަށް ޚާއްޞަ ވޯކްޝޮޕެއް ބާއްވައިފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ލިޑިންގ ޓީޗަރުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން ވެސް ހިމެނޭހެން ޖުމްލަ 115 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިއާގެ ސެގީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރަރ ޑރ. ސަޒާލީ ޔޫސުފް އެވެ.
މި ވޯކްޝޮޕްގެ ސަބަބުން ސްކޫލުތަކުގެ ލީޑިންގ ޓީޗަރުންނަށް ލީޑަރޝިޕް ހުނަރު ތަރައްޤީ ކުރުމާއި، އުނގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް، މަޢޫލޫމާތު ޙިއްސާކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. އަދި ސްކޫލު މާހައުލުގައި ބޭނުންކުރެވިދާނެ ޒަމާނީ ޕެޑަގޮޖިކަލް މެތަޑްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތުވެސް ވަނީ ލިބިގެން ގޮސްފައެވެ.
މި ވޯކްޝޮޕަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، އެޑިއުވެސްޓް އަދި މެލޭޝިއާގެ ސެގީ ޔުނިވަރސިޓީއިން ގުޅިގެން އިންތިޒާމުކުރި ވޯކްޝޮޕެކެވެ.