ސީއެޗްއެސްއީ މާލޭގެ އައު އިމާރާތުގެ މަސައްކަތް ޔެސް މޯލްޑިވްސް އާ ހަވާލުކޮށްފި

04 ފެބްރުއަރީ 2026
...

މާލޭގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީއެޗްއެސީއަށް 7 ފަންގިފިލާގެ އައު އިމާރާތުގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ސީއެޗްއެސްސީގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ޢެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހުލާމް ރުޝްދީއެވެ.

މި އިމާރާތުގައި ހުންނާނީ، 15 ކުލާސްރޫމާއި 4 ސައިންސް ލެބާއި ސްޓާފް ރޫމަކާއި ލީޑިން ޓީޗަރުންނަށް ޚާއްޞަ ރޫމެއްގެ އިތުރުން އެޑްމިނިސްޓްރޭޝަން އޮފީހެކެވެ.