ރާއްޖޭގެ 29 ރަށެއްގެ ސްކޫލްތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މިއަދު ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން 19 މަޝްރޫޢެއް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ 6 މަޝްރޫޢެއް އަދި އެމްޓީސީސީ އާ 4 މަޝްރޫޢެއް ވަނީ ހަވާލުކޮށްފައެވެ.
އެފްޑީސީއާ ހަވާލުކުރި މަޝްރޫތަކުގެ ތެރޭގައި ގއ. އަތޮޅުގެ 5 ރަށެއްގެ ސްކޫލާއި ގދ. ގެ 3 ސްކޫލެއްގެ މަސައްކަތާއި ހއ. ގެ 4 ސްކޫލެއްގެ މަސައްކަތާއި ރ. އަތޮޅުގެ 5 ސްކޫލެއްގެ މަސައްކަތާއި ދ. އަތޮޅުގެ ދެ ސްކޫލެއްގެ މަސައްކަތް ހިމެނެއެވެ.
އާރުޑީސީއާ ހަވާލުކުރީ، ހއ. އަތޮޅުގެ 2 ސްކޫލާއި ރ. އަތޮޅާއި ކ. އަތޮޅުގެ 2 ސްކޫލެއްގެ އުމްރާނީ މަސައްކަތްތަކެވެ.
އެމްޓީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ރ. އަތޮޅުގެ ސްކޫލަކާއި ގދ. އަތޮޅުގެ ސްކޫލަކާއި ށ އަތޮޅުގެ އިތުރުން ފ. އަތޮޅުގެ ސްކޫލެއްގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 115 ކުލާސްރޫމާއި، 19 މަލްޓިޕާޕަސް ހޯލުގެ އިތުރުން، ކިޔަވައިދިނުމާ ގުޅުންހުރި 219 ވަޞީލަތެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.